ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޭޕީންވެސް ޔާމީނަށް ގާނޫނީ ފިޔަވަޅު އަޅަނީ

B ld5np0vyfiam9oknm0avej5s9

“އަދަދު” ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބަދުﷲ ޔާމީން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އެމަނިކުފާނުގެ ދަރިކަލުންނާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަފުޅު ތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅޭގޮތުން ޔާމީނާ ދެކޮޅަށް އެޅޭނެ ގާނޫނީ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ޔާމީން ދެއްކެވި ވާހަކަފުޅުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
“މަތި ބެލީމާ ތޮފިވެއްޓޭ ވަރުގެ އުސް އިމާރާތް އަޅައި އަމިއްލަ ގެޔަށް ފޮށި ފޮށީގައި ފައިސާ ވައްދައި އެ ނަހަލާލު ކަމަށް އަމިއްލައަށް ޓީވީގައި ބުނެ އަދި މަނީލޯންޑާކުރި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ އަދި ވެރިކަމުގައި ސިޔާސީ މީހުންނަށް އަނިޔާވެރިވެ ޖަލުގޮޅިތަކަށް ލެއްވި ކުރީގެ ރައީސް ޔާމީން އަދަދު ނޫހުގެ ވެރިޔާ ހުސެން ފިޔާޒުގެ ޝޯއެއްގައި ގާސިމް އިބްރާހީމް އާއި އެ މަނިކުފާނުގެ ދަރިކަލުންނާ ބެހޭގޮތުން ދައްކާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކާފައިވާތީ މިކަމާ ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އެބަދަން އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،” ޖޭޕީން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

qasim ibrahim

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް: ގާސިމް

Gasim ibrahim

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ: ގާސިމް

ހަމައެކަނި ވާދަކުރާނީ މާމިގިއްޔަށް، އެހެން ދާއިރާތަކަށް ތާއީދުކުރާނީ ކޮންގުރެސްއަށް: ޖުމްހޫރީ ޕާޓީ

ޔާމީނާއެކު ވެސް މަސައްކަތް ކުރަން ތައްޔާރު: ނަޝީދާއި އިބޫ