ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

kadhdhoo
ލ. ކައްދޫގައި މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހުނު ސައިކަލު — ފޮޓޯ: ލާމު އެމްވީ

ލ. ކައްދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ކައްދޫގައި މިރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:20 ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ނިޔާވީ މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވި އަންހެން މީހާއެވެ.

އެ އެކްސިޑެންޓުގައި ނިޔާވި އަންހެން މީހާގެ ބޮލަށާއި ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަންހެން މީހާގެ އިތުރުން، ދެން އަނިޔާވެފައިވަނީ އޭނާގެ މާމަ ދަރިއަށެވެ. އޭނާގެ ހާލު ވެސް ސީރިއަސްއެވެ.

ބައެއް ފަރާތްތަކުން މައުލޫމާތުދީފައިވާ ގޮތުގައި އެ ސައިކަލަކީ ބާރު ސްޕީޑުގައި ދުއްވާ ސައިކަލެކެވެ. އެ އެކްސިޑެންޓުގައި އެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން، އެމީހުންނަށް ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

އައްޑޫ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރުގައި

Mussss

އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާއެއް ނުކުރޭ، ފުލުހުން ހަގީގަތް ހާމަކޮށްފި

98

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ