ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިޔާއަކީ ރާއްޖޭގެ ތަރައްޤީގައި އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް

Original 1755239803302

އިންޑިޔާއަކީ ރާއްޖޭގެ ތަރައްޤީގައި އިތުބާރުކުރެވޭ ބައިވެރިއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި އެޤައުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިޔާގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި މިނިވަން ދުވަހާއި، އެދުވަހުގެ ހަރަކާތްތަކާއެކު ކާމިޔާބާއި މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އެދޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ ތަރައްޤީގައި އިތުބާރުހުރި ބައިވެރިއެއް ކަމަށެވެ. އަދި ދެޤައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮތް ވަރުގަދަ ގުޅުން ރައީސް ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާއިރު، ރާއްޖެއާއި އިންޑިޔާއަކީ ޒަމާންވީ ވަރުގަދަ ގުޅުމެއް އޮތް ޤައުމެކެވެ. 1965ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ރާއްޖެއާއި އިންޑިޔާއާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މާ ކުރިންވެސް، ދިވެހިންނާއި އިންޑިޔާއާއެކު ވިޔަފާރީގެ ވަރުގަދަ ގުޅުންތަކެއް އޮތެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ އުފާވެރި މުނާސަބާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް އެކުލަވާލެވި، މުހިންމު މަޝްވަރާތަކެއް ކުރިއެވެ. އަދި މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ސަރުކާރުންވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް