ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުޢިއްޒު “އިޙްސާސް” އާޓްއެގްޒިބިޝަންއަށް ޒިޔާރަތްކުރައްވައިފި

Main 20250814 213320

މަޝްހޫރު ކުރެހުންތެރިޔާ ޢަބްދުﷲ ފާއިޒްގެ “އިޙްސާސް” އާރޓް އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

 ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެހުންތައް ދައްކާލުމަށް ކުރިއަށްގެންދާ މަޢުރަޒެކެވެ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖޭގެ އަވަށްޓެރި ބައެއް ޤައުމުތަކުގެ ކުރެހުންތައްވެސް މި މަޢުރަޒުގައި ހިމަނާފައިވެއެވެ.

މި މަހުގެ 6 އިން 16 އަށް ކުރިއަށްދާ މި މަޢުރަޒުގައި ޖުމްލަ ފަންސާސް ކުރެހުން ހިމަނާފައިވާއިރު، މި މަޢުރަޒަކީ ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށް އައު ކުލަވަރެއް ގެނެސްދޭނެ މަޢުރަޒެއް ކަމުގައި ބެލެވެއެވެ.

“މި މަޢުރަޒުން ފަންނުވެރިންނަށް އިތުރު ހިތްވަރެއް ލިބި، ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެކަމަށް އުއްމީދުކުރަން،” މަޢުރަޒުގެ ވެރިފަރާތް ޢަބްދުﷲ ފާއިޒް ވިދާޅުވިއެވެ.

ނޭޝަނަލް އާރޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒަކީ ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރެއްވުމާއެކު އިތުރު ފުރިހަމަކަމެއް ލިބިގެންދިޔަ މަޢުރަޒެއް ކަމުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް