ކުއްލި ޚަބަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތައް ތަސްދީގުކުރައްވައިފި

6ikr9p5lzuvzgrlplv1f0l2uflenj9v7dg863zcy

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ތަސްދީޤުކުރައްވައިފިއެވެ.

ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހުގެ މައިގަނޑު މަޤްސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުން ކަމަށެވެ.މީގެ އިތުރުން، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގައި މުހިންމު މާލީ ނިންމުންތައް ނިންމުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.

އިސްލާހުގެ ދަށުން، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ މަސައްކަތްތަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އަދި މި ޝަރުތުތަކާ ޚިލާފުވާ ވިޔަފާރިތައް، އިސްލާހަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްޓާލަންޖެހޭނެކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގޭނެކަން ކަނޑައަޅާފައިވެއެވެ. އަދި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މުވައްޒަފުން ހަމަޖެއްސުމާއި، ބިމާއި ފަޅާއި ފަރު ސަރަހައްދު ކުއްޔަށް ދިނުމާއި، އައު ތަރައްޤީގެ މަޝްރޫޢުތައް ފެށުމުގައި ޢަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީކުރެއްވުމާއެކު އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އެ އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މަޖިލީހުން ލާމަރުކަޒީ ބިލު ފާސްކުރީ ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރަން ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު މީގެ ކުރިން ވަނީ އެ ކަން ދިފާޢު ކުރަށްވާފައެވެ. ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން އެއްވެސް ކައުންސިލަކަށް ލިބިފައިވާ ބާރެެއް ހަނިކޮށްފައިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޗެކް އެންޑް ބެލެންސް ނިޒާމެއް ޤާއިމުކުރުން ނޫންކަމެއް، އަދި ގުޑް ގަވަރނަންސް ނޫން ކަމެއް، އަދި އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތްކުރުން ނޫން ކަމެއް، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންކަމުން، މި އިސްލާޙުތަކަކީ ހަމައެކަނި ރައްޔިތުންނަށް ފައިދާހުރި، ނިޒާމު ހަރުދަނާކުރާނެ ކަންތައްތަކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭނުންވަނީ އަމިއްލަ ކުންފުނިތަކާ ގިނަ މަޝްރޫއުތައް ހަވާލުކުރަން: ރައީސް

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 30 މެގަވޮޓްގެ ބިޔަ މަޝްރޫއެއް ފަށަނީ: ރައީސް

ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި

އައްޑޫ ސިޓީއަށް އުފާވެރި ދުވަހެއް؛ 16 މަޝްރޫއެއް އެކި ކުންފުނިތަކާ ހަވާލުކޮށްފި

TTH_advertisement