ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ފުލުހުންގެ އިދާރާގެ ތިޖޫރީއަކުން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަނީ

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

ފުލުހުންގެ އިދާރާގެ ތިޖޫރީއަކުން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި ހިފަހައްޓާފައި ބެހެއްޓި ފައިސާއާ ބެހޭގޮތުން ފާހަގަކުރެވުނު ޖުމުލަ ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހިސާބުތަކުގައި 30،000 ޑޮލަރުގެ ފަރަގެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ފާހަގަކުރެވިފައިވަނީ އިއްޔެ ކަމަށެވެ. އަދި ހަލާކުވެފައިވާ ފައިސާ ވެސް، އެ ފައިސާ ބެހެއްޓިފައިވާ ތަނުން ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައެއްގައި 2019 ވަނަ އަހަރު ހިފެހެއްޓުނު ފައިސާގެ ޖުމުލަ އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

TTH_advertisement