ކުއްލި ޚަބަރު

ދަރަވަންދޫގެ ފެނާއި ނަރުދަމާ ރައީސް އިފްތިތާހުކޮށްދެއްވައިފި

އައްޑޫސިޓީގައި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އެދެފި

ދަރަވަންދޫ އެއާޕޯޓް ސަރުކާރަށް ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަނީ

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ އާ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ބިންގާ އަޅައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހްގެ އިތުރުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަމީހު ބައިވެރިވެވަޑައިގަތެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން ފުލުހުންގެ މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމާއި، ފުލުހުންގެ މަރުކަޒުތައް މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ. ދަރަވަންދޫގައި ނަރުދަމާގެ ނިޒާމް ޚިދުމަތް ރަސްމީކޮށް ފެށުމުގެ އިތުރުން، ސަރުކާރުން ބ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ފަހު މަންޒިލަކަށް ވަޑައިގެންނެވީ ބ. މާޅޮހަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައި، ބައެއް މަޝްރޫޢުތަކުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، ކޮންމެ ރަށެއްގެވެސް އިސްވެރީންނާއި ބައްދަލުކުރައްވައި ރަށްރަށުގެ ޙާލަތު އަޑުއައްސަވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނުގެ 79ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

Whatsapp image 2025 08 13 at 10.27.54

ދަރަވަންދޫގެ ފެނާއި ނަރުދަމާ ރައީސް އިފްތިތާހުކޮށްދެއްވައިފި

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

ޓޮޓްނަމް ބަލިކޮށް ޕީއެސްޖީ ސުޕަ ކަޕް ކާމިޔާބުކޮށްފި

ELL Mobile Advertisement TTH_advertisement