ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު ވައުދު ފުއްދަވައިފި، ކަސްޓަމްސްގެ 100 މުވައްޒަފުންނަށް ފްލެޓް ލިބިއްޖެ

112

ކުރީގެ ސަރުކާރުން ނިންމިގޮތަށް ފްލެޓް ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަސްޓަމްސްގެ 100 މުވައްޒަފުންނަށް ފްލެޓް ހަމަޖައްސައި އެކަން އަންގައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ވަނީ ފްލެޓް ލިބުނު ކަސްޓަމްސްގެ 100 މުވައްޒަފުންނަށް އެކަން އަންގާފައެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރުތަކުންނެވެ.

އެ މުވައްޒަފުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

ކުރީގެ ސަރުކާރުން ހައްގުގޮތުގައި އެއްވެސް މީހަކަށް ދީފައިވާ ފްލެޓެއް އަތުނުލާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. މިއަދު އެމަނިކުފާނު މިވަނީ އެ ވައުދު ފުއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި