ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބ. މާމަޑުއްވަރީ އެ އަތޮޅު ހިތާދޫ އަށް ހަވާލުކުރަން ނިންމަވައިފި

ބ. އަތޮޅު މާމަޑުއްވަރީ އެ އަތޮޅު ހިތާދޫއާ ހަވާލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހިތާދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ މާމަޑުއްވަރީ ޓޫރިޒަމަށް ދޫކޮށްފައި އޮތް ނަމަވެސް އެ ރަށުގައި އެ މަސައްކަތް ނުހިނގާ ކަމަށެވެ. އެހެންވެ އެ ރަށް ހިތާދޫއާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީސް ގުޅިގެން މާމަޑުއްވަރީގެ އެއްބަސްވުން ނިނުމަކަށް ގެނެސް އެ ރަށް ވަރަށް އަވަހަށް ހިތާދޫ ކައުންސިލްއާ ހަވާލު ކުރައްވާނެ ކަމަށެވެ. އެމަނިކުފާން ވަނީ ހިތާދޫގެ މުއްސަނދިކަން އިތުރުވާނެ ގޮތަށް މާމުޑުއްވަރީގެ ބޭނުން ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އާއްމު ފަރުދުންނަށް ފައިދާ ވާނެ ގޮތަށް އެ ރަށުގެ ބޭނުން ހިފުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

މާމަޑުއްވަރީ، ހިތާދޫއާ ހަވާލު ކުރަން ރައީސް ނިންމެވުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ވަނީ އެއީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަަށް ވިދާޅުވެފަ އެވެ. އަދި އެއީ ހިތާދޫގެ އިގްތިސާދު ހަރުދަނާކޮށް، ދުވެލި ބާރުކުރަން ލިބުނު ފުރުސަތެއް ކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި

ފުލުހުން ހިތާދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ހިތާދޫ ބަނދަރުގެ 91 ޕަސެންޓު މަސައްކަތް ނިންމައިފި

ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި