ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

ތެލަސީމިއާ ކުދިންނަށް ލިބިފައިވާ ލޭ ލިބުމުގެ ދަތިކަން ހައްލުކުރަން އެޗްޑީސީގެ މުވައްޒަފުން ނުކުންނަނީ

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

112

ސްޕެއިންގައި ކިޔެވުމަށް ވިސާ ނެގުމުގައި ލުއި ގޮތްތަކެއް ދަރިވަރުންނަށް ހަމަޖައްސައިދީފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން ވަޒީރު ޑރ. ހައިދަރު ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެވުޒާރާއިން މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނާ އެވުޒާރާއިން އޮންލައިންކޮށް ބައްދަލުކުރި ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ބައްދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މާލީ ވުޒާރާއިން ލަފާދެއްވީ ވަކި ދަރިވަރުންތަކަކަށް ހައްލު ހޯދައިދިނުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު އެކުލަވާލާފައިވާ އުޞޫލުތަކުގެ ތެރެއިން ހައްލު ހޯދައިދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ހައިދަރު ވިދާޅުވީ ސްޕެއިން ވިސާ ހޯދުމަށްވެސް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމަށް ކޮންމެވެސްވަރެއްގެ ހައްލެއް ޚާރިޖީ ވުޒާރާއިން ހޯއްދަވައިދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ދަރިވަރުގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް، ވުޒާރާ މެދުވެރިކޮށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވާ، ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ސްޕެއިންގައި ކިޔަވާ ދަރިވަރުންނާ މުޢާމަލާތުކުރުމަށް ވަޓްސްއެޕް ނަންބަރެއްވެސް މިނިސްޓްރީން ވަނީ ތައާރަފްކޮށްފައެވެ.

މިވަގުތު ސްޕެއިންގައި 127 ދަރިވަރުން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

451652 6d6c190a 2

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރާ މިނިސްޓަރު ހައިދަރު ބައްދަލުކުރައްވައިފި

117

ނޭޝަނަލް ކެރިއާ ސާވިސްގެ އައްޑޫ ގޮފި ރަސްމީކޮށް ހުޅުވައިފި

minister haidar

އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ފަޚުރުވެރިވާ ޢިލްމީ މުއައްސަސާއެއް: ޑރ. ޙައިދަރު

TTH_advertisement