ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކަ ސައީދުގެ ޕާސްޕޯޓް ދޫނުކުރަން ފުލުހުން ލަފާދީފި

112

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓް ދޫނުކުރަން ފުލުހުން ލަފާދީފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޭސްފަރުވާއަށް ސައީދު އިންޑިއާއަށް ދިޔުމަށް ހުއްދަ ދޭން އިއުތިރާޒެއް ނެތް ކަމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ލަފާދިނީ އޭނާގެ ފަރާތުން ޕީޖީއަށް ހުށަހެޅި ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ނަމަވެސް އޭގެފަހުން ފުލުހުންގެ ފަރާތުން އެ އޮފީހަށް ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކޮށް ޕޯސްޕޯޓު ދޫނުކުރަން ކްރިމިނަލް ކޯޓަށް ލަފާދީފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސައީދުގެ މައްޗަށް ދައުލަތުން ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާއެއް އުފުލާފައެވެ. ސައީދުގެ އިތުރުން ފެނަކައިގެ ކުރީގެ މުވައްޒަފަކާއި މިހާރުގެ މުވައްޒަފެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ.

ސައީދުގެ ޒައާމަތުގައި ފެނަކަ ކޯޕަރޭޝަން ވަނީ ވަރަށް ބޮޑަށް ދަރާފައެވެ. އެ ކުންފުނި މިހާރު ހިންގަނީ ގެއްލުމުގައެވެ. ސައީދުގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

PG Office

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ

ހެކި ނެތުމުން މަސްތުވާތަކެތީގެ މައްސަލައިގައި އައްޑޫން ހައްޔަރުކުރި މީހުން ދޫކޮށްލަން ލަފާދީފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި