ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިއްލަދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

112

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރީ ޖުމުލަ 77.1 މިލިއަން ރުފިޔާއަށް ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ ހއ. ފިއްލަދޫގެ ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާކުރަނިވި މަޝްރޫއެއް ކަމަށެވެ. މަގުތައް ތަރައްގީވުމުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރުކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފި