ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭއިން ގައުމީ ކިއުއާރް ކޯޑެއް ތައާރަފުކުރަނީ

MMA

ފައިސާގެ މުޢާމަލާތްތައް ހިންގުން ފަސޭހަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤައުމީ ކިއުއާރް ކޯޑެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވީ، ޤައުމީ ކިއުއާރް ކޯޑު ތަޢާރަފުކުރެވުމުން ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ހިންގުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. މި ކިއުއާރް ކޯޑަކީ އިންޑިޔާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ކިއުއާރް ކޯޑާ އެއްފަދަ ޚިދުމަތެއް ކަމުގައިވެސް އެ އޮފިޝަލު ފާހަގަކުރެއްވިއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މިހާރު ކިއުއާރް ކޯޑުގެ ޚިދުމަތް ތަޢާރަފުކުރުމަށް ކުރަންޖެހޭ ތައްޔާރީތަކާއި ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މަރުކަޒީ ބޭންކުގެ އަމާޒަކީ އަންނަ އަހަރު މި ޚިދުމަތް ތަޢާރަފުކުރުމެވެ.

މި ޚިދުމަތް ފޯރުކޮށްދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ “ފަވަރަ” ނިޒާމުގެ ތެރެއިންކަން ފާހަގަކުރައްވައި، އެމްއެމްއޭގެ އޮފިޝަލު އިތުރަށް ވިދާޅުވީ، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސްއާއި ފަވަރަ ގުޅުވައިލުމުގެ މަސައްކަތް ނިމުމުން، ކިއުއާރް ކޯޑު މެދުވެރިކޮށް އިންޑިޔާއަށްވެސް ފައިސާ ފޮނުވުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށެވެ.

އަންނަ އަހަރު މި ޚިދުމަތް ތަޢާރަފުކުރުމުން، ރާއްޖޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކިއުއާރް ކޯޑު މެދުވެރިކޮށް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގައި މަރުކަޒީ ބޭންކުން ހާމަކޮށްފައިވެއެވެ. އަދި ހުރިހާ ވިޔަފާރިވެރިންނަށް ކާޑުގެ ބަދަލުގައި ކިއުއާރް ކޯޑު ބޭނުންކުރެވޭނެ ކަމަށާއި، އެއާއެކު މިހާރު ކާޑުތަކުން ކުރާ މުޢާމަލާތްތަކަށް ބޭންކުން ނަގާ 2.5 އިންސައްތައިގެ ފީ ނުނަގާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ބޭންކެއް ހިމެނޭގޮތަށް ޕޭމަންޓްސް ކުންފުންޏެއް އުފެއްދުމަށް މަގުފަހިވާނެހެން ޤާނޫނު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ