ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކާނިވާ ސްޓޭޖްގެ ފުރާޅު މަރާމާތު ކުރަނީ

112

މާލޭގެ ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައި ހުރި ބައިތައް ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެތަން ސާފުކުރީ ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.

މިހާރު ވަނީ އެ ސްޓޭޖުގެ ފުރާޅުގެ ވަކި ހިސާބަކުން ބޮޑު ބައެއް ނަގާފައެވެ. އަދި، އެތަން ސާފުކުރުމުގެ މަސައްކަތް އެ ކައުންސިލުގެ މުވައްޒަފުން ކުރަމުން އަންނަނީ ކުރަމުންނެވެ.

ވައިގަދަ ދުވަސްތަކުގައި ފުރާޅު އެއްލާލުމުގެ ހާދިސާތައް މީގެކުރިން ދިމާވެފައިިވެއެވެ.

މިދިޔަ ހަފުތާގައި މޫސުން ގޯސްވެ ވައިގަދަވި ވަގުތެއްގައި ކާނިވަލުގެ ފުރާޅު ވަޔާ ހެލޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް މީހަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު