ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

112

ނ. ހޮޅުދޫގައި ތޫނުއެއްޗަކުން ލިބުނު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ، ދައުވާކޮށްދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެދިއްޖެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ފޮނުވި މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ.

އެ ކޮމިޝަނުން ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެއެވެ.

ޒަކިއްޔާ ބެއްލެވި ޑޮކްޓަރުން ބުނެފައި ވަނީ އޭނާއަށް ލިބިފައިވާ ޒަޚަމްތަކަކީ އަމިއްލައަށް ދީފައިވާ ޒަޚަމްތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ތަހުގީގު ނިންމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ޒަކިއްޔާއަށް އެހެން މީހަކު ހަމަލާދިން ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށެވެ.

ދާދިފަހުން ރައީސް މުއިއްޒު ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައި ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރައްވައި ވިދާޅުވީ އޭނާގެ މަރަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ