ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލްމީ ދިރާސާކުރުމާ ގުޅޭ މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

112

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ދެމެދު، ޢިލްމީ ދިރާސާކުރުމުގެ ޕްރޮގުރާމެއް ހިންގުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި  އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މި ފަހުމުނާމާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޔާދަކުރެއްވުމަށް ދެއްވަވާ ޚާއްޞަ އިސްކަމުގެ ދަށުން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.

“މި ފަހުމުނާމާގެ ދަށުން ދިވެހިންގެ ތާރީޚާއި، ސަގާފަތާއި، ތަރިކަތަކުގެ އަސްލުވަންތަކަން ކަށަވަރު ކުރުމަށް ދިރާސާވެރިން އުފެއްދުމުގެ މަސައްކަތް ކުރެވިގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ވިދާޅުވީ މި ފަހުމުނާމާގެ ސަބަބުން އެކިއެކި ދާއިރާތަކުން ދިރާސާކުރުމާއި، ސެމިނާރު، ކޮންފަރެންސް ބޭއްވުމުގެ އިތުރުން ޤައުމަށް ފައިދާހުރި ދާއިރާތަކުން އެކިއެކި ޝާއިޢުކުރުންތައް ނެރުމުގެ ފުރުޞަތު ފަހިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު