ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތު މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބޭއްވުމަށް ހަމަޖެހިފައިވާ “ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު (https://forms.gle/xRcrmAgDUL9GwUvcA) މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓަރކުރެވޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ މިމަހު ބާއްވާ ބައިނަލްއަޤްވާމީ ދެވަނަ މަހާސިންތާގައި ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށެވެ. މިފަހަރުގެ މަހާސިންތާގައިވެސް ދީނީ ޢިލްމުވެރިންނާއި ސިޔާސަތުތައް ކަނޑައަޅާފަރާތްތައް ހިމެނޭހެން ކަމާ ގުޅުން ހުރި އެކި ފަރާތްތައްއެއްތަނަކުން ބައްދަލުވެ މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

މިފަހަރުގެ މަހާސިންތާގައި ޚާއްސަ އިސްކަމެއް ދޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށްކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. އެގޮތުން ޒަކާތުގެ ތެރެއިން މި ޒާމާނުގެ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި ޑިޖިޓަލް އިގްތިޞާދެއް ބިނާކޮށް އެއިން ހޯދާ އާމްދަނީއަށް މި މަހާސިންތާގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ ނިމިދިޔަ 2024ވަނަ އަހަރުގައެވެ. އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް/ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ