ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޯތު ހާބަރުގެ ޚިދުމަތް އިތުރަށް ފުޅާކުރާނީ މަސްވެރިންގެ ލަފަޔާއި އިރުޝާދާއެކު: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރައްވާފައިވާ ގޮތުގައި، މާލޭގެ އުތުރު ބަނދަރަށް ގެނެވޭ ކޮންމެ ބަދަލެއްވެސް ގެނެވޭނީ އެ ސަރަހައްދު ބޭނުންކުރާ މަސްވެރިންގެ މަޝްވަރާއާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޕީއެލްއާ ހަވާލުކުރެވުނު މާލޭގެ ވިޔަފާރި ބަނދަރާއި އުތުރު ބަނދަރު ސަރަހައްދުގައި ހިމެނެނީ މަސް މާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ހަމައަށެވެ. މި ސަރަހައްދު ހަވާލުކުރެވުމާއެކު، އެމްޕީއެލްއިން ވަނީ މާލޭގެ އުތުރު ބަނދަރުގައި މަސްވެރިން ބޭނުންކުރާ ސަރަހައްދަށް އިޞްލާޙީ ބަދަލުތަކެއް ގެނެސް، މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވަން ފައްޓަވާފައެވެ. މީގެ އިތުރުން، މި ސަރަހައްދަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން މަސްވެރިންގެ ޚިޔާލު ހޯއްދެވުމަށް އެމްޕީއެލްއިން ދަނީ މަސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

މަސްވެރިންނާއެކު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވާޅުވެފައިވަނީ އުތުރު ބަނދަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންނާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ޚިދުމަތްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ ތެރޭގައި ފެނާއި، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ހިމެނޭ ކަމަށް ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.

ރިޝްވާން އިތުރަށް ވިދާޅުވެފައިވަނީ އުތުރު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވާނީ 2027 ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، އޭގެ ކުރިން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކޮށް، ޖާގައިގެ ދަތިކަމަށް ލުޔެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަމުންދާ ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.

“މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަން ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން. އެގޮތުން މަސްވެރިންގެ ގާތަށް އަޅުގަނޑުމެން ގޮސް ޚިޔާލު ހޯދާނަން. މަސްވެރިންނާ ގުޅިގެން ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނަން،” ރިޝްވާން.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް