ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޒަކާތު ފަންޑްގެ ސްކޮލާޝިޕްތަކަށް 29 މީހަކު ކުރިމަތިލައިފި

112

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހަމަޖައްސައިދެއްވާ ސްކޮލާޝިޕަށް އެދި 29 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނިގޮތުގައި، މި ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލެވުނީ މިދިޔަ އޭޕްރީލް މަހުގައި ކަމަށާއި، އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ލިބިފައިވާ 29 އެޕްލިކޭޝަނުގެ ތެރޭގައި މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ސްކޮލާޝިޕަށް 18 އެޕްލިކޭޝަނާއި، ޚާއްސަ ސްކޮލަރޝިޕަށް 11 އެޕްލިކޭޝަން ހިމެނެއެވެ.

ޒަކާތު ފަންޑުން މިފަހަރު ހުޅުވާލާފައިވަނީ ޖުމްލަ 50 ސްކޮލާޝިޕް ފުރުސަތެވެ. މީގެ ތެރެއިން 20 ފުރުޞަތަކީ ރާއްޖޭގައި ކިޔެވުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކެވެ. އަދި 30 ފުރުޞަތަކީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެވެ.

މީގެ ތެރެއިން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުޞަތު ވަނީ ކަނޑައެޅިފައެވެ.

ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެވެ. މި ފުރުޞަތުތައް ހުޅުވާލެވިފައިވަނީ ސާކް ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ އެކި ޔުނިވަރސިޓީތަކުގައި ކިޔެވުމަށެވެ.

މީގެއިތުރުން، މެޑިކަލް ދާއިރާގެ ސުޕަރ ސްޕެޝަލިޒޭޝަންގެ ގޮތުގައި ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީގެ ދާއިރާތަކަށް ވަކިވަކިން އެއް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އަދި އިސްލާމީ ޝަރުޢީ ދާއިރާތަކުން ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި 10 ފުރުޞަތުވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ޒަކާތް އަސްނާފު ކާޑު” އިފްތިތާޙުކޮށްފި

ޒަކާތުގެ ޤާނޫނުގެ ދަށުން ކޮމިޓީ އުފައްދަވައި މެންބަރުން އައްޔަނުކުރައްވައިފި

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ލިބޭ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފި

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލަކަށް އިމްތިޠާއު

TTH_advertisement