ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި

112

ކ. ހުރާގައި އެ ފަށުގެ ފަތުރުވެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުން ބޮޑު ޚަރަދުކޮށްގެން ހަދަމުން އައި މޮނިއުމެންޓަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ހުރާގެ ބަނދަރުމަތީގައި ހަދަމުން އައި މިނިއުމަންޓް ފަރުމާކޮށްފައި ވަނީ، އެ ރަށުގެ ނަމާއި ރަތް ކުލައިގެ ކަކުންޏަކާއި މާކަނާއެއް ފެންނަ ގޮތަށެވެ.

ހުރާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފައިބަރުން ހަދައިފައިވާ އެ މޮނިއުމެންޓްގެ މަސައްކަތް ކުރަމުން ދަނިކޮށް ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެ މޮނިއުމެންޓްގެ ބައެއް ހަލާކުކޮށްފައިވާ ކަމަށެވެ.

މާކަނާގެ އެކި ތަންތަނަށް ގެއްލުންދީ، ހަލާކުކޮށްފައިވެ އެވެ. އަދި ދޫނީގެ ފިޔަގަނޑާއި ފަޔަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.

ހުރާ ކައުންސިލުން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.

121

ހުރާ ކައުންސިލުން ބުނީ މިފަދަ އަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އެޅޭނެ ހުރަހެއްް ކަމަށެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ ރައްޔިތުންގެ އަމަންއަމާން ކަމަށް އަސަރުކޮށް، ރަށުގައި ފިތުނަފަސާދަ އިތުރުވެގެން ހިނގައިދާނެ ކަމަށް ދެކޭ ކަމަށް ވެސް ހުރާ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

އެ މޮނިއުމަންޓް ހެދުމަށް ހަތަރު ލައްކަ ވަރަކަށް ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

TTH_advertisement