ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަ ފީނިކްސް އޮފް ޢައްޒާ ގެ ފުރަތަމަ ޝޯ އޮލިމްޕަސް ސިނަމާގައި އަޅުވައިފި

Olimpic

ފަލަސްތީނުގެ ޣައްޒާގެ ހާލަތު ދައްކުވައިދޭ ޑޮކިއުމެންޓަރީ ފިލްމެއް ކަމަށްވާ ‘ދަ ފީނިކްސް އޮފް ޢައްޒާ’ ގެ ފުރަތަމަ ޝޯ، މާލޭގެ އޮލިމްޕަސް ސިނަމާގައި މިރޭ ވަނީ އަޅުވައިފިއެވެ.

ޣައްޒާގެ ހާލަތު ތަފްސީލީގޮތެއްގައި ދައްކުވައިދޭ މި ފިލްމު ބަލާލަން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޮލިމްޕަހަށް ޖަމާވެފައެވެ.
މި ޝޯގެ ޝަރަފުވެރި މެހުމާނަކީ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވަނީ، ރާއްޖޭގެ ރައްޔިތުން މިހާރުވެސް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން، ކުރިއަށް އޮތްތާނގައިވެސް މި އެހީތެރިކަން ދެމެހެއްޓެވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ޑޮކިއުމެންޓްރީގައި ދައްކުވައިދީފައިވަނީ ޣައްޒާގެ ކުރީގެ ހާލަތާއި، އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކަށްފަހު މިހާރު ޣައްޒާގެ ހާލަތު ބަދަލުވެފައިވާ ގޮތެވެ. ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި އަދި އަސަރުން ފުރިގެންވާ ހާލަތު ދައްކުވައިދޭ މި ފިލްމަކީ ގިނަ ބަޔަކަށް ޝުޢޫރުތަކެއް އުފައްދައިދޭނެ ފިލްމެއްކަމަށް ބެލެވެއެވެ.
މި ޝޯ ބަލާލުމަށް އޮލިމްޕަހަށް ގިނަ ބަޔަކު ޖަމާވުމުން، ދިވެހި ރައްޔިތުން ފަލަސްތީނުގެ މައްސަލައަށް ދެމުންދާ ސަމާލުކަމާއި، އެކަމަށް އޮންނަ ހަމްދަރުދީ ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަންފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ރައްޔިތުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު