ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

112

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއް ނިންމަވައިލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

އެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ މިރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުފުޅަކީ މިމަހުގެ 10 ވަނަ ދުވަހު އެ ދެކަނބަލުން ފެށްޓެވި ނުރަސްމީ ދަތުރުފުޅެކެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ. އަދި، ތިންވަނަ ނުރަސްމީ ދަތުރުފުޅު ވެސް މެއެވެ.

އެންމެ ފަހުން ރައީސް ސިންގަޕޫރަށް ކުރެއްވީ ރަސްމީ ދަތުރުފުޅެކެވެ. މިދިޔަ ޖޫން މަހުގެ 29އިން ފެށިގެން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކޮށްފައިވެއެވެ.

މިދަތުރުފުޅުގެ ކުރިން އެ މަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ. އެ ފަހަރު އެ މަނިކުފާނު ވަޑައިގަތީ ހެލްތު ޗެކަޕެއް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް