ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

mtcc

އެމްޓީސީސީގެ “ޔަންމާ ސްޕެއާ ޕްރޮމޯ 2025” ފަށައިފިއެވެ.

އެމްޓީސީސީ ކަށަވަރު ޝޯ ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔަންމާ ސްޕެއާ ޕްރޮމޯ އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ ޕްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. ޔަންމާ ސްޕެއާ ޕްރޮމޯޝަންގެ މަގުސަދަކީ ޔަންމާ ސްޕެއާޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ ޔަގީންކަން ދެމެހެއްޓުމެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވެގެން، ކުރާ ކޮންމެ 5،000 ރުފިޔާއިން މަތީގެ ވިޔަފާރިއަށް ކޫޕަނެއް ލިބެއެވެ. އަދި އެ ޕްރޮމޯޝަންގައި ކޮންމެ 15 ދުވަހަކުން ނަގާ، ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ސުޒުކީ 9.9 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި މަސްވެރިންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެ ޕްރޮމޯޝަނުގެ އިތުރު ހަރަކާތްތަކުގެ ތެރޭގައި އުޅަނދުފަހަރުގެ އިންޖީން ސާވިސް އިންސްޕެކްޝަން ކުރިއަށްގެންދިއުމާއި މެއިންޓޭނަންސްއާ ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މައުލޫމާތު ފޯރުކޮށްދިނުމާއި އިންޑަސްޓްރިއަލް ސައިޓުތަކާއި އަދި ހަރުގެތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު އެކި ޕްރޮޑަކްޓުތަކުން ޕްރޮމޯޝަން ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ އެމްޓީސީސީން އަބަދުވެސް ކަސްޓަމަރުންނަށްޓަކައި ހާއްސަ އިސްކަމެއްދީގެން ހިންގާ ހަރަކާތްތައްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

112

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ELL Mobile Advertisement TTH_advertisement