ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލާމަރުކަޒީ ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

Gxgi4vtaeaactvh

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނުން ކައުންސިލުތަކަށް ކުލި ނުނެގޭ ގޮތް ހަދަން ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލިސް ޖަލްސާއަށް އެ ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިނެވެ. މަޖިލީހުން މިއަދު ވަނީ އެ ބިލު ބަލައިގަނެ، ލާމަރުކަޒީ ކޮމިޓީއަށް ބިލު ފޮނުވައިފައެވެ.

ލާމަރުކަޒީ ކޮމިޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ވަނީ އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފައެވެ.

އެގޮތުން މާދަމާ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލުން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމަކާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

“ލޯކަލް އޮތޯރިޓީ ކުންފުނި” ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ ވަކި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ ބޮޑުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު