ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި

112

ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް މޮނިޓަރ ކުރެވޭނެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ގާއިމުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ސީޕޯޓު ޑިވިޝަނުން މިހާރު ވަނީ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓާ ކުރުމުގެ ނިޒާމެއް ގާއިމުކޮށްފައި ކަމަށެވެ.

“މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެ،“ އިމިގްރޭޝަނުން ބުންޏެވެ.

މިއީ ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މިގޮތުން މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޝަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން ކުރިއާ ޚިލާފަށް މިހާރު ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ އީޓީއޭ ލިބުމުގެ ސަބަބުން ބޯޓުފަހަރަށް އޮފިސަރުން ދިޔުމަށް ވާންޖެހޭ ތައްޔާރީތައް ފަސޭހަކަމާއެކު ކުރިއަށްދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ