ކުއްލި ޚަބަރު

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

ނޮޅިވަރަމަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ގެދޮރުވެރިޔާ ސްކީމުގައި ފްލެޓު ދިނުމުގައި އިސްކަންދޭނީ 76 މާކްސްއަށްވުރެ މަތިން ލިބުނު ފަރާތްތަކަށް

ގެދޮރުވެރިޔާގެ ކުރީގެ ފައިނަލް ލިސްޓުގައި 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާތީ ފްލެޓު ދިނުމުގައި މިހާރު އިސްކަން ފުރަތަމަ ދޭނީ 76 މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

76 މާކްސް ލިބުނު ފަރާތްތަކަށް ފުލެޓު ކަނޑައެޅުމުގެ މަރުޙަލާ ނިމުމުން 75 މާކްސް ލިބުނު ފަރާތްތަކަށް ފުލެޓު ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށެވެ.

އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023ގެ ނޮވެމްބަރު މަސްތެރޭގައި ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 މާކްސްއަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ތިބިކަމަށް މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން 76 މާކްސްއަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސްއަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެވުޒާރާއިން ފްލެޓު ދިނުމުގައި މިހާރު އިސްކަންދޭނީ އޭރު ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 76 މާކްސްއަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދިނުމަށްކަމަށެވެ. އަދި އެފަރާތްތަކަށް ދިނުމަށްފަހު ބާކީވާ ފްލެޓުތައް 75 މާކްސްއަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ އެއްބަސްވުން އެކުލަވާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވާފައެވެ. މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނާއެކުވަނީ އެއްބަސްވުން އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

gedoru veriya

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

gedoru veriya

75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭ ގޮތް ހަދަނީ

ދޫކުރާ ފްލެޓްތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނަން: ޑރ. މުއްޠަލިބު

muthalib

ސިޔާސަތަކީ ހުރިހާ ގިންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން: މުއްޠަލިބް

TTH_advertisement