ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުއްތަމަަފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރުމަށް ޣަނީގެ ނަން މަޖިލީހަށް ފޮނުވައިފި

112

އުއްތަމަަފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރުމަށް އަބްދުލްޣަނީ މުހައްމަދުގެ ނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޣަނީ މިހާރު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމުގައެވެ.

އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް ޣަނީގެ ނަން، ރައީސް މަޖިލީހަށް ފޮނުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެގޮތަށް ލަފާ އެރުވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ އުއްތަމަފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސް ފޮނުއްވި ނަންފުޅު، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

ޣަނީގެ އިތުރުން އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ޖޭއެސްސީން އެ ތިން ބޭފުޅުންނާ އިއްޔެ އިންޓަވިއުކުރި އިރު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ޣަނީއަށެވެ.

ޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އެއަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ. އޭގެފަހުން ދެން ވަޑައިގަތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށެވެ. އޭނާ އެ ކޯޓުން ވަކިކުރީ މިދިޔަ ސަރުކާރުންނެވެ.

އުއްތަމަަފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރުމަށް ޣަނީގެ ނަން މަޖިލީހަށް ފޮނުވައިފި

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި