ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައިސް، ރަޝިޔާގެ 3 ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފި

މިދިޔަ ހަފްތާގެ ބިންހެލުމާ ގުޅިގެން ލިބިފައިވާ ގެއްލުންތައް:

ރިކްޓަރ މިންގަނޑުން 7 ގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ރަޝިޔާގެ ކެމްޗާކާގެ 3 ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ރަޝިޔާގެ ފާރ އީސްޓްގެ ކެމްޗާކާގެ 3 ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރުނީ ކައިރީގައި އޮތް ކުރިލް އައިލެންޑްސްއަށް އައި ބިންހެލުމާ ގުޅިގެންނެވެ.

ރަޝިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް އިމަޖެންސީ ސަރވިސަސްއިން ބުނެފައިވަނީ، ސުނާމީގައި އަރާ ރާޅުތައް ބޮޑެތި ނުވާނޭ ކަމަށާއި، ނަމަވެސް އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުން މުހިންމު ކަމަށެވެ.

ރަޝިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް އިމަޖެންސީ ސަރވިސަސްއިން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ޕެސިފިކް ސުނާމީ ވޯރނިންގ ސިސްޓަމުން އިންޒާރު ނެރެފައެއް ނުވެއެވެ. ބުނެފައިވަނީ، ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިންވެސް ބުނެފައިވަނީ، އެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7 ގެ ބާރުމިނުގެބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ކެމްޗާކާ ސަރަހައްދަށް ބިންހެލުން އައި އިރު، ކެމްޗާކާގައި ހުންނަ “ކްރަޝެނިއްނިކޯވް” އަލިފާން ފަރުބަދަވެސް ރޭގައިވަނީ ގޮވަން ފަށާފައެވެ. މިއީ، ވޭތުވެދިޔަ 600 އަހަރުގެ ތެރޭގައި މި އަލިފާން ފަރުބަދަ ގޮވަންފެށި ފުރަތަމަ ފަހަރު ކަމަށް ރަޝިޔާ ސައިންސްވެރިންނާ ހަވަލާދީ ރަޝިޔާ މީޑިއާއިން ރިޕޯޓް ކުރެއެވެ.

އަލިފާން ފަރުބަދަ ރޭގައި ގޮވަންފެށުމާއި، ކުރިލް އައިލެންޑްސްއަށް މިއަދު އައި ބާރުގަދަ ބިންހެލުން ގުޅިފައިވަނީ، ރަޝިޔާގެ ފާރ އީސްޓް ސަރަހައްދަށް މިދިޔަ ހަފްތާގައި އައި ބާރުގަދަ ބިންހެލުމާ ކަމަށް ރަޝިޔާއިން ބުނެއެވެ.

މިދިޔަ ހަފްތާގެ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދުގެ އެތައް ގައުމަކަށް ސުނާމީ އަރައި، އެތައް ގެއްލުންތަކެއް ލިބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

TTH_advertisement ELL Mobile Advertisement