ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

112

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސްފިހާރައެއް އަވަށްޓެރި ސްރީލަންކާގައި ހުޅުވުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ވަނީ، ރާއްޖޭގެ ވިޔަފާރިތަކުން ލަންކާގައި އިންވެސްޓް ކުރުމަށް އެދިވަޑައިގެންފައެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ސަފީރު މަސްޢޫދު ވިދާޅުވީ، ލަންކާގައި ދިވެހި މަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި އެ ގައުމުގައި ދިވެހީން އެ ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ސަފީރު ވިދާޅުވީ ލަންކާގައި ދިވެހީން ފެކްޓްރީއެއް ހަދައިގެން ރާއްޖޭން ގެންދާ މަސް ޕްރޮސެސް ކުރުމުގެ ފުރުސަތު އެ ގައުމުން ދީފައިވާ ކަމަށެވެ. އަދި މިފްކޯއިން ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯ ރޫމެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

”އެބޭފުޅުން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް އޮތީ. ސްރީލަންކާގެ މާކެޓް ވަރަށް ބޮޑުވާނެ ދިވެހި މަހަށް، މޯލްޑިވް ފިޝްއަކީ ވެސް ސްރީލަންކާ މީހުން ލޭބަލެއް. އެއީ އެ މީހުން ކީ އެއްޗެއް“ ސަފީރު  ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

25،000 ކޭސް މަސްދަޅު ހިފައިގެން އެސްޓީއޯގެ ބޯޓެއް ލަންކާއަށް ފުރައިފި

990

އެހީގެ ގޮތުގައި ލަންކާއަށް 50،000 ޑޮލަރު ދިވެހި ސަރުކާރުން ހަވާލުކޮށްފި

Ii

ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ވަޑައިގެންފި