ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

Big 9yanjxlfte6rlue58beoup11l 850x548
އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތަކެއް. ފޮޓޯ: އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ވިދާޅުވީ އިންޑިއާ ސަރުކާރުން ލިބިފައިވާ ހިލޭ އެހީގެ ދަށުން 12 ފެރީ ބަންނަން ނިންމާފައިވާ ކަމަށެވެ.

އެ އެހީގެ ދަށުން 12 ފެރީ ބަނުމުގެ އިތުރުން ޒޯން 2 ގެ ހަބް ޓާމިނަލްގައި ހިމެނޭ އުނގޫފާރުގެ ހަބް ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އެ މަސައްކަތުގެ މޯބަލައިޒޭޝަން މިހާރު ފަށާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ދަށުން މިހާތަނަށް 11 އަތޮޅަކަށް މި ހިދުމަތް އަންނަނީ ދެމުންނެވެ. އެއީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ޅ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއެވެ.

އާރުޓީއެލް އަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށުން ދޭ ހިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަފްތާގައި ހިލޭ

އައްޑޫގައިވެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަނީ

HEzs5yfaYAAxrkX

މުލީ ސްކޫލްގައި 10 ކްލާސްރޫމް ޢިމާރަތްކުރުމަށް އެމްޓީސީސީއަށް

RTL

ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި