ކުއްލި ޚަބަރު

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

112

އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް، ވިއްސާރައާއި ގުޅިގެން މެދުކެނޑާލުމަށްފަހު، އަލުން މިއަދު ފަށައިފިއެވެ.

އޮޅުހިޔާ ފެސިލިޓީ އަށް އިތުރު ބުޅާތައް ގެންދަން ފަށާފައި ވަނީ އެތަނުގެ ޖާގަ ބޮޑު ކުރުމަށްފަހުއެވެ.  އެތަނުގައި ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ ވެއްދީ 15 ބުޅަލެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފައެވެ. ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހެއެވެ. އެހެންކަމުން އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައެވެ.

އެއަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގަިއ ވީއްލިގެން އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ކުރަންފެށިއެވެ. ޖުލައި މަހު، 28 ބުޅާ މާލޭގެ އެކި ސަރަހައްދުތަކުން އޮޅުހިޔާގެ ކަރަންޓީން އަށް ލިއެވެ.

އެހެންނަމަވެސް މޫސުމް ގޯސްވުމާއި އެކު، މަސައްކަތް މެދުކެނޑިަފއި އޮތުންމަށްފަހު މިއަދު  އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ، ވަނީ ކޮށިތަކަށް ބަދަލުކޮށްފައެވެ.

އަދި ޖުމްލަ ފެސިލިޓީއަށް، 75 ބުޅާވަނީ ނެގިފައިވާ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މައުލޫމާތުދެއެވެ.

މިއަދު ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ،މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައްވަނީ ފެސިލިޓީއަށް ނަގާފައެވެ. ވިއްސާރަވުމުން މަސައްކަތް ހުއްޓާލިއިރު، ޖުމްލަ 37 ބުޅާ މިއަދު ވަނީ ނަގާފެއެވެ. އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 އެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

މީރާ

ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް، މަސައްކަތް އެބަ ކުރިއަށްދޭ: ކޮމިޝަނަރު

112

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

North harbour mpl

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް

ELL Mobile Advertisement TTH_advertisement