ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

112

އުއްތަމަަފަނޑިޔާރު ކަމުގެ މަގާމަށް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަސް ލަފާދޭން ޖޭއެސްސީން ނިންމައިފިއެވެ.

ޣަނީ މިހާރު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމުގައެވެ.

ޣަނީގެ އިތުރުން އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ޖޭއެސްސީން އެ ތިން ބޭފުޅުންނާ މިއަދު އިންޓަވިއުކުރިއިރު އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ޣަނީއަށެވެ.

ޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އެއަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ. އޭގެފަހުން ދެން ވަޑައިގަތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށެވެ. އޭނާ އެ ކޯޓުން ވަކިކުރީ މިދިޔަ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް