ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

Bml

މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބޭސްފަރުވާގެ ކަންކަމުގައި ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ޑޮލަރު ވިއްކާ އަދަދު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގަވާފައެވެ.

ބީއެމްއެލުން މިއަދު ބުނީ، އެންސްޕާ އަދި އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފުރާ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކަމުންދާނޭކަމަށެވެ. އަދި އެންސްޕާ އެހީ ލިބޭ ބަލިމީހުންނަށްވެސް 2،000 ޑޮލަރު ވިއްކާނޭކަމަށް ބިއެމްއެލުން ބުންޏެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ބަލިމީހުންނަށް ވިއްކާ ޑޮލަރުގެ އަދަދު ބީއެމްއެލުން އިތުރުކޮށްފައިވާއިރު، އެ ބޭންކުން ބުނީ އާސަންދަ އަދި އެންސްޕާގެ އެހީ ނުލިބޭ ބަލިމީހުންނަށްވެސް 1،000 ޑޮލަރު ވިއްކަމުންދާނޭކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޓޫރިޒަމް ވިޔަފާރިތަކުން ބޭންކްތަކަށް ވަކި އަދަދަކަށް ބޭރުފައިސާ މާރުކުރުން ލާޒިމްކޮށްފައިވާއިރު، ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ އެ ފިޔަވަޅުތަކުގެ ހެޔޮ ބަދަލުތައް ރައްޔިތުންނަށް ފެންނަން ފަށާނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަސް ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

supreme-court

ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

hulhumale 3rd phase

ހުޅުމާލޭ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެ

Shareef bml ceo

ބީއެމްއެލުން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި