ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

Whatsapp image 2025 07 31 at 11.30.44

ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާއެވެ. ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން އޭނާގެ ފޯނު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.

ރައީސް މުއިއްޒަށް މަސީހު މަރުގެ އިންޒާރުދިނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނާއި އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަން އެމަނިކުފާނު އިއުލާންކުރެއްވުމުންނެވެ.

އޮންލައިން ނޫހަކު ލިޔެފައިވާ އެ ޚަބަރު ޝެއާކޮށް މަސީހު ފޭސްބުކުގައި ލިޔެފައި ވަނީ “ފުރަތަމަ މަރާލަންވީ” ރައީސް މުއިއްޒު ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ގެނައުމުގެ ކަންކަން ކުރަންވީގޮތުގެ އިރުޝާދު ރައީސް ވަނީ ކަމާބެހޭ އިދާރާތަކަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް