ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅަދާނަކަން ލިބިގެންވާ މިންވަރުން ޣައްޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް: ޝަހީމް

dr.shaheem

ކުޅަދާނަކަން ލިބިގެންވާ މިންވަރުން ޣައްޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ ކަމަށާއި، ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ. އަދި ހަމައެއާއެކު، ޣައްޒާއަށް އިންސާނީ އެހީފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ، އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއްކަމަށެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ދިވެހިންގެ އެހީގައި ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ފުދޭ ތަކެތީގެ ލޮރީތައް ވަނީ ޣައްޒާއަށް ވަނުމަށް ތައްޔާރަށެވެ. އެހެން ނަމަވެސް ހައްދުފަހަނަ އެޅި ޔަހޫދިން ދަނީ ފަލަސްތީނަށް އެހީ ވެއްދިޔަ ނުދީ ހިފަހައްޓަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr shaheem

އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުން އެންމެ ގިނަ ޤައުމަށް ރާއްޖެ ހެދުން: ޑރ. ޝަހީމް

މިފަހަރުގެ ޢުމްރާއަށް 7000 އަށްވުރެ ގިނަ މީހުން ދާނެ: ޝަހީމް

އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން މިއަހަރު 738 އިމާމުންނަށް ތަމްރީންދިން

އިސްލާމީ ޢަޤީދާ ވާޞިލުކޮށްދޭނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަކީ އަމާޒަކީ: ޑރ.ޝަހީމް