ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އެޗްޑީސީން ތިލަފުށީގައި ތަރައްގީކުރި ކެމިކަލް ގުދަންތައް ދޫކުރަން ހުޅުވާލައިފި

112

އުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ކ. ތިލަފުށީގައި ތަރައްގީކުރި ކެމިކަލް ގުދަންތައް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ކެމިކަލް ގުދަން ކުއްޔަށް ދިނުމަށްޓަކާ ދެ އިމާރާތަކުން 16 ގުދަނެއް ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

އެ ގުދަންތަކުގެ ތެރޭގައި 990 އަކަފޫޓުން މަތީގެ 14 ގުދަން ހިމެނެއެވެ. އަދި 600 އާއި200 އަކަފޫޓުން މަތީގެ ދެ ގުދަން ހިމެނެއެވެ.

އެޗްޑީސީން ބުނީ ޕްރީ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 3 އޮގަސްޓު 2025 ގައި ކަމަށެވެ.

އަދި އެ ގުދަންތައް ކުއްޔަށް ނަގަން ބީލަން ހުށައެޅުން އޮންނާނީ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުގެ 14:00 ކުރިން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ އެ ގުދަންތައް ތަރައްގީކޮށްފައި ވަނީ 90 މިނެޓުވަންދެން އަލިފާން ނުހިފާ ހުންނަ ފަދަ ފަޔަރ-ރޭޓެޑް ސްޓްރަކްޗަރ ބޭނުންކޮށްގެން ކަމަށެވެ. މީގެ އިތުރުން އަލިފާން ނިއްވާ ނިޒާމުތަކާއި، ސީސީޓީވީ ކެމެރާ ސިއްޓަމްތަކާއި، ސެކިއުރިޓީ ރޫމުވެސް އެ ގުދަންތަކުގައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hassan kalaam (1)

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ކަލާމް އައްޔަންކޮށްފި

MPL Rishvan

އެމްޕީއެލްގެ އެޕެރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

MIB Islamic bank

ފަންސަވީސް ވަނަ ދުވަހުން ފެށިގެން އިސްލާމިކް ބޭންކުގައި ޗައިނީޒް ޔުއާން ބޭނުންކުރެވޭނެ: އެމް.އައި.ބީ

އަލިބާބާގެ ޚާއްސަ ތަމްރީނު ޕްރޮގްރާމް 700 ބައިވެރިންނާއެކު ފަށައިފި

TTH_advertisement