ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ އެމްޑީ ކަމަށް ޒުހައިރު އައްޔަންކޮށްފި

112

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އަލީ ޒުހައިރު އައްޔަންކޮށްފިއެވެ.

އަލީ ޒުހައިރު އެ މަގާމަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ އާރްޑީސީގެ އެމްޑީ ކަމުގައެވެ.

އެޗްޑީސީގެ އެމްޑީ ކަމުގައި ހުންނެވި މުހައްމަދު މައުރޫފް ޖަމީލް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މައުރޫފް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އަންނަ މަހު 18ގައި ރިޓަޔާކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ.

މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. ފަޒުލް އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ބަލަން ފެށުމުންނެވެ.

މައުރޫފް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ވަނީ ހުޅުމާލޭގެ މާސްޓާޕްލޭނަށް ޒަމާނާއެއްގޮތަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

އަލީ ޒުހައިރަކީ އެމްއެންޑީއެފްގައި 30 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި

hulhumale 3rd phase

ހުޅުމާލޭ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެ

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ