ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަލާލް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން: ވުޒާރާ

Water villa aerial

ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތަޢާރަފްކުރުމަށް ސަރުކާރުން ހުޅުވާލި ފަސް ރަށަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، ކޮންމެ ސަރަހައްދަކުން އެއް ރަށް އިންވެސްޓްމަންޓަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި ރަށްތަކުގެ ތެރޭގައި ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު، ހދ. މަކުނުދޫ ފަރު، ށ. ފުށިފަރު، ތ. މާގުޅި އަދި ލ. ފޮނަގާދޫ ހިމެނެއެވެ.

އިންވެސްޓަރުންނަށް ޚާއްޞަ ލުއިތަކެއް
ހަލާލް ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި އިންވެސްޓަރުންނަށް ޚާއްޞަ ލުއިތަކެއް ދެއްވާފައިވާ ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ. އެގޮތުން އިކުއިޒިޝަން ފީ އާއި ކޮސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ޑިއުޓީވެސް 20 ޕަސެންޓާ ހަމައަށް މަޢާފުކުރެވޭނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ހަލާލް ޓޫރިޒަމްގެ ޚާއްޞަ ސިފަތައް
ހަލާލް ޓޫރިޒަމްގެ ދަށުން ތަރައްޤީކުރެވޭ ރިސޯޓުތަކުގައި އިސްލާމީ އަސާސްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވޭނެއެވެ. “މި ރަށްތަކުގައި ނަމާދުކުރެވޭނެ މިސްކިތްތައް ހުންނާނެ، އަދި ބަނގުރަލާއި އޫރުމަހުގެ އެއްވެސް ބާވަތެއް މި ރަށްތަކަށް އެތެރެކުރުން މަނާވާނެ” ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން މުވައްޒަފުންގެ ހެދުން އެޅުންވެސް ހުންނަންވާނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް ޖުލައި 15 އިން އޮގަސްޓް 4 އަށް ޝައުޤުވެރިކަން ފާޅުކުރެވޭނެ ކަމަށާއި، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ކަމަށް ވުޒާރާއިން ވަނީ އިޢުލާނު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެއުޅުނު މީހަކު ގެއްލިގެން ހޯދަނީ

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

767

ޚަރަދު ކުޑަކުރަން މިފަހަރު އީދު ބޮކި ދިއްލާނީ ހަމައެކަނި ސިޓީތަކުގައި: މިނިސްޓަރު ޚަލީލް

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި