ކުއްލި ޚަބަރު

ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ: މެޓް

ލަންކާއާއެކު އޮތީ އިތުބާރު ގާއިމުވެފައިވާ، އެތައް ޒަމާނެއްގެ ގުޅުމެއް: ރައީސް 

ޖިނާއީ ކުށްތައް ހުއްޓުވަން އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއިން ސޮއިކޮށްފި

ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސްއަށް ދަޢުވަތު ދެއްވައިފި

ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ޤައުމުގެ ރައީސް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ދަޢުވަތު ދެއްވައިފި އެވެ.

ރައީސް ޑިސަނާޔަކެ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މި ދަޢުވަތު ދެއްވީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ދެ ލީޑަރުން ގުޅިގެން ދެއްވި ބަޔާނުގަ އެވެ.

އެ ބަޔާނުގައި ރައީސް ޑިސަނާޔަކެ, ވަނީ ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ދަޢުވަތު ދެއްވާފަ އެވެ.

ދެ ލީޑަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އާއި ސްޕައުސް ވިސާ ދިނުމަށް ނިންމިކަން ހާމަކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތްތިމާގެ ޤައުމުތަކެއްގެ ގޮތުގައި، ދެފަރާތުގެ އިޙްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ޤައުމުގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބު އަހަރަށް ވާއިރު، މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބު އަހަރު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ ޖުލައި 26، 1965 ގައެވެ.

ސްރީލަންކާ ހިމެނެނީ ދިވެހިރާއްޖެ އާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައެވެ. ސްރީލަންކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި، އެމަނިކުފާނުގެ ޒަޢާމަތުގައި، ވިލުންތެރި، ޝާމިލު އިޤްތިޞާދެއްގެ ގޮތުގައި ސްރީލަންކާގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވެވި މަޝްވަރާތަކުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިޔަފާރީގެ ދާއިރާ އާއި ދިފާޢީ ދާއިރާ އާއި ތަޢުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 2 ފަރާތަށްވެސް ހުރި ފުރުޞަތުތައް ދެނެގަނެވިފައިވާ ކަމަށެވެ.

އަދި މިއަދު ބަދަލުކުރެވުނު އެއްބަސްވުމުން ދޭހަކޮށްދެނީ ދެޤައުމުގެ މެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ތަޢުލީމީ ދާއިރާގައި ސްރީލަންކާގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޤާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައި، ޢިލްމު ޙިއްޞާކުރުމާއި، ޢިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި، އެއްބާރުލުން އިތުރުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުންވެސް އެއްބަސްވެވަޑައިގެންފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ދެއްކެވި ވާހަކަފުޅުގައި، ޘަޤާފީ ގުޅުންތައް ހިމެނޭހެން ޖަޒީރާ އަވަށްޓެރިންގެ ގޮތުގައި އޮތް 2 ޤައުމުގެ ހައިސިއްޔަތުން ގުޅިފައިވާ ގުޅުންތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާޅުކުރެއްވި ޝުޢޫރުތައް ތަކުރާރު ކުރެއްވި އެވެ. އެގޮތުން ތަޢުލީމާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަކުރުން ހިމެނޭ ގޮތަށް ދެ ގައުމުގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖޭގެ ދެމެހެއްޓެނިވި އަޒުމުތަކަށް ތަޢުރީފުކުރައްވައި، އެފަދަ މޭރުމަކުން ސްރީލަންކާގައި ކުރިއަށްގެންދާ “ކްލީން ސްރީލަންކާ” ޕްރޮގްރާމްގެ ވާހަކަ، ރައީސް، ޑިސަނާޔަކެ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ސްރީލަންކާގެ ރައީސް، ޑިސަނާޔަކެ ވަނީ ދައުވަތު އަރުވާފަ އެވެ.

ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދޭދޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންސިއުލަރ ޚިދުމަތް އިތުރަށް ހަރުދަނާކޮށްދެއްވައި، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ޢިލްމު ހިއްސާކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގައި އެއް ޤައުމު، އަނެއް ޤައުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވެސް ދެ ޤައުމުގެ ލީޑަރުން ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

90f594c9 b094 4086 b649 80aba35355e3 9

ބޭސްފަރުވާއަށާއި ކިޔެވުމަށް ލަންކާއަށްދާ ދިވެހީންނަށް އަހަރު ދުވަހުގެ ވިސާ ދޭން ނިންމައިފި

ތައިލެންޑާއި ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ: މެޓް

ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދަން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

TTH_advertisement ELL Mobile Advertisement