ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ބ. އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ފަށައިފި

Ncqwz63e45t1ikkmpifhmdhwhb1r5i4trz1vxhwa

ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފައިވަނީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އާރުޓީއެލް ފެރީން މިއަދު ގުޅާލާފައިވާ ކަމަށެވެ. އަދި ބ. އަތޮޅުގެ ރައްޔިތުންނަށް އާރުޓީއެލް ފެރީގެ ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއަށްފަހު އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެން ކަމަށާއި، އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބުކްކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

އާރުޓީއެލް ފެރީ ނިޒާމްގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގައި ހިމެނޭ ހުރިހާ އަތޮޅެއްގައި އެޚިދުމަތް ވަނީ ފެށިފައެވެ. އަދި ވަރަށް އަވަހަށް ޒޯން 2 ގެ ރަށްތައް އާރުޓީއެލްއިން ގުޅާލާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިހާތަނަށް 11 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މީސްމީޑިއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މި އަހަރު ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް، 22 ޖެނުއަރީ 2025 ގައި ރ. އުނގޫފާރު ރައްޔިތުންނާ މުޚާޠަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި 26 ޖޫން 2025 ގައި އެކްސް މެދުވެރިކުރައްވައި ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައިވެސް ޖުލައިމަހު ބ. އަތޮޅުގައި މި ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިކަން ތަރުޖަމާނު ފާހަގަ ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

ELL Mobile Advertisement TTH_advertisement