ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިފެންސް ފޯސްގެ އައު އިމާރާތް ހުޅުވައިފި

Img md 202507261004021753506242.7396

ރައިސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވައިފިއެވެ.

ދޮށިމޭނާ ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައިބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް އިފްތިތާހު ކުރުމުގެ ކުރިން ވަނީ އައު އިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

އެއަށްފަހު ދެ ބޭފުޅުން ވަނީ އެ އިމާރާތް ހުޅުއްވައިދެއްވާ، އިމާރާތް ބައްލަވާލައްވާފައެވެ.

ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި މި ޢިމާރާތަކީ ދިވެހިރާއްޖޭގެ ސިފައިންގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް