ކުއްލި ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ: މޯދީ

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަ އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

މޯދީ ސަލްޓަން ޕާކްގައި ގަހެއް އިންދަވައިފި

112

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރަމްޒީ ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސަލްޓަން ޕާކުގައެވެ.”ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު” ގެ ދަށުންނާއި އިންޑިއާގެ ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިއަދު ބޭއްވި މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ ތިމާވެށީގެ ޒިންމާ ހިއްސާކުރުމާއި އެ ޤައުމުގެ އެކުވެރިކަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ސަލްޓަން ޕާކްގައި އަނބު ގަހެއް އިންދަވާދެއްވާފައެވެ.

ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ “ކޮޕް28″ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީޚީ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202507261004021753506242.7396

ޑިފެންސް ފޯސްގެ އައު އިމާރާތް ހުޅުވައިފި

ދިވެހިރާއްޖެއާ ޗައިނާގެ ގުޅުމަކީ ހަމަހަމަކަމުގެ ނަމޫނާ ގުޅުމެއް: ޝީ ޖިންޕިންގ

MMA

ޤައުމީ ޕޭމެންޓް ނިޒާމު ވަކި ކުންފުންޏެއްގެ ދަށުން ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެމްއޭ

ރައީސް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

TTH_advertisement ELL Mobile Advertisement