ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ: މޯދީ

Dsc 1157

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ މިއަދު ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައެވެ.

މޯދީ ވިދާޅުވީ ކުއްލި ހާލަތްތަކުގައި ފުރަތަމަ ރެސްޕޮންޑު ކުރުމާއި، ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އިގްތިސާދު މެނޭޖް ކުރުމުގައި އެހީތެރިވުން ފަދަ ކަންކަމުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ލިބޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަށް ކުރެއްވި ދަތުރުގައި އިގްތިސާދީ ގޮތުންނާއި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުން މިހާރު ދަނީ ހާސިލުވަމުން ކަމަށް ވެސް މޯދީ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ދިފާއީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދެ ގައުމުގެ އަމާޒެއް ކަމަށްވެސް މޯދީ ފާހަގަކުރެއްވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ރައްޔިތުންގެ މަންފާއަށްޓަކައި ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރިއަށްދާނެ: މޯދީ

409594 e56781b8 4

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި

112

މޯދީ ސަލްޓަން ޕާކްގައި ގަހެއް އިންދަވައިފި