ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލ. ގަމުގައި ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލ. ގަމުގައި ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން، 28 ރަށެއްގެ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ޑީއެންއާރުން މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ ލ. ގަމުގައެވެ. ޑީއެންއާރުން ބުނީ، އައިޑީ ކާޑުގެ ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގަމުގައި ފެށުމާއެކު އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެ، ޚިދުމަތް އަވަސްވެގެން ދާނެ ކަމަށެވެ.

މުޅި ރާއްޖެއަށް އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑީއެންއާރުން މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީއެންއާރުގެ 177 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ 2021 ގައެވެ. އަދި ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ ގޮތުން އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ. އަދި ރާއްޖެއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ.ގަމުން ދެމީހަކު ހައްޔަރުކޮށްފި

kulli khabaru

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

Main 20251204 065907

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި