ކުއްލި ޚަބަރު

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

49 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ރަޝިޔާގެ އިރުމަތީ އަމޫރް ސަރަޙައްދަށް ވެއްޓިއްޖެއެވެ. އެއީ، އަންތޯނޮފް އޭއެން-24 މަރުކާގެ މަތިންދާބޯޓެކެވެ. އެ ސަރަޙައްދުގެ ގަވަރުނަރު ވަސީލީ އަރްލޯފް ވިދާޅުވީ، ވެއްޓުނު މަތިންދާބޯޓުގައި 43 ފަސިންޖަރުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހަތަރުު ކުޑަކުދިން ހިމެނޭ ކަމުގައެވެ. އޭގައި ހަ ފަޅުވެރިން ތިބި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި އެ އެންމެން މަރުވެފައިވާ ކަމުގައި ބެލެވުނު ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ވެއްޓިފައި ވަނީ ބްލަގާވިއެއިޝެންސްކުން ފުރައިގެން 570 ކިލޯމީޓަރު ދުރުގައި އޮތް ތީންދާއަށް ދަތުރު ކުރި މަތިންދާބޯޓެކެވެ. ރަޝިޔާގެ ކުއްލިހާލަތްތަކާ ބެހޭ ޚިދުމަތުން ބުނީ، މަތިންދާބޯޓު ވެއްޓިފައި ވަނީ ތީންދާއާ 15 ކިލޯމީޓަރު ދުރުގައި އޮތް ޖަންގަލިބޯ ސަރަޙައްދަކަށް ކަމުގައެވެ. އަދި، ވެއްޓުނު ބޯޓުގެ ބައިތައް ފެނިފައިވާ ކަމުގައެވެ. އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރަކުން ނަގާފައިވާ ވީޑިޔޯއަކުން ފެންނަނީ، ބޯޓުގެ ބައިތަކާއި އަލިފާންގަނޑެއް ރޯވެ، ދުން އަރަމުންދާ މަންޒަރެވެ.

މީހުން ސަލާމަތް ކުރާ ޓީމުތަކުން އެ ސަރަޙައްދަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ރަޝިޔާއިން ކުއްލިހާލަތްތަކާ ބެހޭ ޚިދުމަތުން ހާމަކުރިއެވެ. ވެއްޓިފައި ވަނީ ރަޝިޔާގެ އިރުމައްޗާއި އިރުމަތީ ސައިބީރިޔާގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އަންގަރާ އެއަރލައިންސްގެ މަތިންދާބޯޓެކެވެ. ވެއްޓިފައިވާ ބޯޓުގެ ބައިތައް ފެނިފައި ވަނީ، ބޯޓު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނެއްގެ ލޮލުގެ ފެނުން ގެއްލިއްޖެ، އާއިލާއިން އެދެނީ ދީލަތި އެހީއަށް!

ކުއްލި: ރަޝިޔާގެ ދިދަޖެހި ތެޔޮ ޓޭންކަރަށް އެމެރިކާ ސިފައިން އަރައި ޓޭންކަރު ހިފައިފި

ނޮވްގޮރޮޑްގައި ހުންނަ ޕޫޓިންގެ ރަސްމީ ގެކޮޅަށް ދިން ހަމަލާގެ ބަދަލު ވަރުގަދައަށް ހިފާނަން: ރަޝިޔާ

990

ބްރިޖްގައި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވީ މިނިސްޓަރު އިހްސާން

TTH_advertisement