ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެލިދޫގައި ސީޕްލޭން އޮޕަރޭޓް ކުރެވޭ ގޮތަށް ޕްލެޓްފޯމެއް ގާއިމުކުރަން ނިންމަވައިފި

ނ. ވެލިދޫގައި ސީޕްލޭނަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށް، ސީޕްލޭން އޮޕަރޭޓް ކުރެވޭނެގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ، އެރަށުގައި ސީޕްލޭން އޮޕަރޭޓް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރައްވާނެކަމަށް އިއުލާންކުރެއްވުމާއެކު، މި ޕްލެޓްފޯމާއެކު ވެލިދޫގައި ދާއިމީކޮށް ސީޕްލޭންގެ ހިދުމަތް ލިބިގެންދާނެއެވެ.

އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެލިދޫއަށް ހާއްސަކޮށް، އެރަށުގެ ތަރައްގީއަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ އަދި ކުރިއަށްދާ ގިނަ މަޝްރޫއުތަކެއް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެލިދޫގެ ތަރައްގީއަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން، އޭގައި ނުހިމެނޭ ކަންކަންވެސް ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ކުރިއަށްގެންދަވާނެކަމަށެވެ.

“އެއާޕޯޓް ގާއިމުކުރެވެންދެންވެސް އަދި ފަހުންވެސް ބޭނުންވަންޏާ ބޭނުން ކުރުމަށްޓަކައި އަޅުގަނޑުމެން މިރަށަށް ހާއްސަކޮށް ސީޕްލޭން ޕްލެޓްފޯމެއް މިއަންނަ އަހަރު ޖެނުއަރީމަހު ގާއިމުކޮށްދޭނަން، ރެގިއުލާ ސީޕްލޭން އޮޕަރޭޝަން ފަށައިދޭނަން.” ރައީސް

އެގޮތުން ވެލިދޫގެ ތަރައްގީއަށް މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު އެހެލުމާއި ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު މިހާރު ފެށިފައިވާކަމަށާއި، އެކަން ބާރު ދުވެލީގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަމާން ވެއްޓެއް ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރުމަށް ވައުދުވެފައިވާ ވައުދުތަކުގެ ތެރެއިން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރު ވެލިދޫގައި ގާއިމުކުރުމާއި، ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒެއް ވެލިދޫގައި ގާއިމުކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

55

ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި