ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ސްޕެއިން އިން ކަށަވަރު ކޮށްފި

އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ސްޕެއިން އިން ހޯދައިފި އެވެ.

ސްޕެއިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޖަރުމަން އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައިވާތީ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 113 ވަނަ މިނިޓުގައި ސްޕެއިން އަށް ކާމިޔާބު ކޮށްދީފައިވަނީ ދެ ފަހަރު މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިޓާނާ ބޮންމަޓީ އެވެ.

ސްޕެއިން އިން ލަނޑު ޖަހާ ކުރި ހޯދި ފަހުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ޖަރުމަނަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުގެ ލިއާ ޝޫލާ ފޮނުވާލި ނުރައްކާތެރި ހަމަލާ ސްޕެއިންގެ ގޯލުކީޕަރު ވަނީ މަތަކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި ސްޕެއިން އާއި ދެކޮޅަށް ނިކުންނާނީ އިންގްލެންޑް އެވެ. އެހެންކަމުން މިއީ އެންމެ ފަހުން ނިމިގެންދިޔަ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރިޕީޓް މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.

2023 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކުރުމަށްފަހުގަ އެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ސްޕެއިން އިން ހޯދާފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މޮޅުވިއިރު މި ތިން މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 14 ލަނޑު ޖަހާފަ އެވެ.

މި މުބާރާތުގައި މިހާތަނަށް ސްޕެއިން އަށް ކުރިމަތިވި އެންމެ ވަރުގަދަ މެޗަކަށް ވެގެން ގޮސްފައިވަނީ އަށް ފަހަރު މަތިން ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަން އާއި ދެކޮޅަށް ކުޅުނު މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކުރަން ޖައިކާއިން ދިހަމިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

ELL Mobile Advertisement TTH_advertisement