ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިމަހުގެ 28ގައި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

Big 9yanjxlfte6rlue58beoup11l 850x548
އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތަކެއް. ފޮޓޯ: އެމްޓީސީސީ

ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް މިމަހުުގެ 28 ގައި ފެށުމަށް ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒޯން ދޭއްގައި ހިމެނޭ ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެ އަތޮޅުގައި ރައްޔިތުންނަށް ފެރީގެ ހިދުމަތްތަކާއެކު މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެފަހުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެންނެވެ.

މިނިސްޓްރީން ބުނީ ޓިކެޓު ނެގުމުގެ ހިދުމަތް އަންނަ މަހުން ފެށިގެން އާރުޓީއެލް ވެބްސައިޓުންނާއި މޯބައިލްއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމުން ޒޯން ދޭއްގައި ހިމެނޭ ހުރިހާ އަތޮޅެއްގައި އެ ހިދުމަތް ފުރިހަމަވާނެއެވެ. ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރު އެ ހިދުމަތް ދެމުންދެއެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި ޒޯން ހަތަރެއްގައި ހިމެނޭ ހަތަރު އަތޮޅު އާރުޓީއެލް ފެރީގެ ނިޒާމުން ގުޅައިލުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ހިންގަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އާރުޓީއެލް ފެރީ މަޝްރޫއަކީ މުޅި ރާއްޖޭގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަފްތާގައި ހިލޭ

އައްޑޫގައިވެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަނީ

HEzs5yfaYAAxrkX

މުލީ ސްކޫލްގައި 10 ކްލާސްރޫމް ޢިމާރަތްކުރުމަށް އެމްޓީސީސީއަށް

RTL

ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި