ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްއާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި

112
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް

ބީއެމްއެލްއާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ ކަންކަން ކުރިއަށްގެންދަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ.

މިކަމާ ގުޅޭގޮތުން އެ ބޭންކުން މިރޭ ބުނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ކުރިއަށްގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތާއި ހެދިފައިވާ އެންމެހައި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކަމަށެވެ.

މިކަމާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނީ ބީއެމްއެލް އިން އެ އޮތޯރީޓިއަށް ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ވިޔަފާރީގެ މުއާމަލާތުގެ ހުރިހާކަމެއްވެސް ކުރިއަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކުގެ އިތުރުން އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލްއިން ޔަގީންކޮށްދީފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެސްޑީއެފްސީ ގަތުމަށްފަހު މިހާރު ދެމުންދާ ވަރަށް ވުރެ ގިނައިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ކަމަށެވެ. އަދި ފައިދާގެ ޕަސެންޓަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ބޭނުން ބުންޏެވެ.

މީގެއިތުރުން އެ ލޯނުތައް ދޫކުރާނީ އިސްމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި