ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކިއްޔާގެ އާއިލާއާ ރައީސް ބައްދަލުކުރައްވައިފި

112

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި މިދިޔަ އަހަރު ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ އާއިލާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ޒަކިއްޔާ ދިރިއުޅޭ ގޭގެތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި އޭނާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިއަދު ހަވީރު ރައީސް ހޮޅުދުއަށް ވަޑައިގަތުމުން ބައެއް ފަރާތްތަކުން ވަނީ ޒަކިއްޔާގެ މަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ސުލްހަވެރި އިހްތިޖާޖެއް ކުރިއަށްގެންގޮސްފައެވެ. ރައީސް ވަނީ އެ އިހްތިޖާޖު ކުރިއަށްގެންދިޔުމަށް ފުރުސަތު ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޒަކިއްޔާގެ އާއިލާއާ ވެސް ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ފުލުހުން ބުނެފައި ވަނީ ޑޮކްޓަރުން ބޮޑަށް ބުރަވަނީ ޒަކިއްޔާއަށް ލިބިފައިވާ ޒަޚަމްތަކަކީ އޭނާ އަމިއްލައަށް ދީފައިވާ ޒަޚަމްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އެހެން މީހަކު އޭނާއަށް ޒަޚަމެއް ދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ވެސް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް